ދިވެހިންގެ ދިރިއުޅުމަށް ކުރިއެރުން ލިބޭނެ ކޮންމެ ކަމެއްގަ ޗައިނާއިން ދާނީ އެހީތެރިވަމުން: ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދިވެހިންގެ ދިރިއުޅުމަށް ކުރިއެރުން ލިބޭނެ ކޮންމެ ކަމެއްގަ ޗައިނާއިން ދާނީ އެހީތެރިވަމުން: ސަފީރު

ދިވެހިންގެ ދިރިއުޅުމަށް ކުރިއެރުން ލިބޭނެ ކޮންމެ ކަމެއްގައި ޗައިނާއިން ދާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވަމުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލީޒޯންގ ވިދާޅުވެއްޖެއެވެ.
ސަފީރު މިމޭރުމުން ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ޒަމާނީ ސީ އެމްބިޔުލާންސް ދިވެހި ކޯސްޓްގާޑާއި ހަވާލުކުރުމަށް މިއަދު ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ސަފީރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ ރައްކައުތެރިކަން ފޯރުކޮށްދޭން އަބަދުވެސް ޗައިނާއިން މަސައްކަތްކުރާނެ ކަމަށެވެ.
ސަފީރު ވިދާޅުވީ ދެ ޤައުމުންވެސް ކަންކަން ކުރަމުން ގެންދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަމަށާއި ދެ ޤައުމުގެ މެދުގައި ކަންކަން ކުރިއަށް ދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެ މަސައްކަތްތައް އަންނަނީ ކާމިޔާބުވަމުން ކަމަށެވެ. "ދެ ޤައުމުގެ ގުޅުން ކުރިއަށް މިދަނީ ހަމަ އެންމެ ރަނގަޅު ޓްރެކްގަ."
ރާއްޖެ އާއި ޗައިނާގެ މެދުގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް ބަޔާން ކުރައްވައި ދެ ޤައުމުގެ މެދުގައި ގުޅުންތައް ކުރިއަށް ދަނީ ދެފުށް ފެންނަ ގޮތަށް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
މިއަދު އޮންލައިން