ކޮންމެ މީހަކަށްވެސް މިނަށްވުރެ އަނިޔާވެރިވީމާ ކުރަން ބޭނުން ނުވާ ކަންކަން ވެސް ކުރެވޭނެ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޮންމެ މީހަކަށްވެސް މިނަށްވުރެ އަނިޔާވެރިވީމާ ކުރަން ބޭނުން ނުވާ ކަންކަން ވެސް ކުރެވޭނެ: ޑރ. ޝަހީމް
ކޮންމެ މީހަކަށްވެސް މިނަށްވުރެ އަނިޔާވެރިވީމާ ކުރަން ބޭނުން ނުވާ ކަންކަން ވެސް ކުރެވޭނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިމޭރުމުން ވިދާޅުވީ ރާއްޖެ ޓީވީގެ މިރޭގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ބަދު ދުޢާ ކުރެއްވުމާއިގުޅޭގޮތުން ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ޢާއިލާއަށް މަގު މައްޗަށް ނުނުކުމެވޭ ހާލަތަށް ކަންކަން ގެންގޮސް ގައިކޮޅަށް އަތްލަން އުޅެ ފަހަތުން ދުވެ ތުއްތު ދަރިންނަށް ބިރުދައްކައި މިބާވަތުގެ އެތައް ކަމެއް ކުރަން ފެށުމުން އެމަނިކުފާނަށް ވަރަށް ބޮޑެތި ކަންބޮޑުވުންތައް ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އެކަންކަމަށް ކެތް ނުކުރެއްވޭ ޙާލަތަށް ދިއުމުން ރައީސް ނަޝީދުގެ މައްޗަށް ބަދު ދުޢާ ކުރެއްވި ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ނަޝީދު ކުރެއްވި ކޯލެއްގައި ވަނީ އެކަމުގެ ވާހަކަތައް ދެކެވިފައި ކަމަށާއި ދެ ފަރާތުންވެސް ވަނީ ހިތް ހަލާލުކޮށްފައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެއްވެސް މީހެއްގެ ހިތުގައި ބުރަކަމެއް އޮތްނަމަ އެމީހެއްގެ ކިބައިންވެސް މާފަށް އެދިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކޮންމެ މީހަކަށް ކަންކަން އިޙްޞާޞް ކުރެވޭނީ އެމީހަކަށް އެފަދަ ހާލަތެއް ކުރިމަތިވުމުން ކަމަށެވެ.
ޑރ. ޝަހީމްގެ ތުއްޕުޅު ބޭފުޅުން ސްކޫލުން ނިމިވަޑައިގެން ގެއަށް ވަޑައިގަންނަވާ މަގުމަތީގައި ކާރުކޮޅު ހުއްޓުވައި ހަމަލާދޭން އުޅުން ފަދަ ކަންކަން ވެސް އެދުވަސްވަރު ހިންގާފައިވާކަން ފާހަގަކުރެވެއެވެ.

ޑރ. ޝަހީމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާއި ޝައިޚް އިލްޔާސް، ޝައިޚް އިމްރާން އަދި ޝައިޚް އާދަމް ޝަމީމް މެންފަދަ ދީނީ އިލްމްވެރިންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ނަންފުޅުތައް ޝާޢިއުކުރި ކަންވެސް ފާހަގަ ކުރައްވައިފައެވެ.
މިއަދު އޮންލައިން