ކިޔުމަށް ހޭދަވާނީ 1މ 38ސ
ޤާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީށް މައުމޫން ޢަބްދުލް ޤައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްވިނަމަ، އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް މިއަދު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވުމުން، ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު އެކަމަށް ރައްދު ދެއްވައިފިއެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ހަތަރު ޓްވީޓެއްގެ ތެރެއިން ފުރަތަމަ ޓްވީޓުގައި ވިދާޅުވެފައިވަނީ ދިފެންސް މިނިސްޓަރ އާދަމް ޝަރީފް ރައީސް މައުމޫން އާއި ބައްދަލު ކުރައްވަން ވަޑައިގެންނެވީ "އެއްބާރުލުން ދެއްވަން" ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ބުނެ ކަމަށެވެ.

ނަމަވެސް ރައީސް މައުމޫން ވިދާޅުވީ "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށްވާނަމަ އެކަމެއް ނުކޮށްދެވޭނެ" ކަމަށް ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ.

މީގެއިތުރުން ވަކީލު މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަޙަތު އިސްކުރެއްވުމުން، އެކަން މިވަގުތު ބާރުގައި ތިބީ މީހުންނަށް ހަޖަމް ނުކުރެއްވިގެން ކަމަށެވެ.

ސަރުކާރާއި ގުޅިވަޑައިގެންނެވިނަމަ، ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުޙައްމަދު ނަދީމަށް މިހާރު ކުރިމަތިވެ ވަޑައިގެންފައިވާ ބޭއިންސާފާއި މުޅި އާއިލާ ތަޙައްމަލު ކުރާ ވޭންތައް ޖާދުލެއް ފަދައިން ގެއްލުނީސް ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އެތިން ބޭފުޅުން ވެސް ތިއްބެވީ ސާބިތުކަންމަތީގައި ކަމަށާއި ހިލިހިލާ ޖެހި ކަމުގައި ވިޔަސް އެބޭފުޅުންގެ ނަފްސު ވިއްކާ ނުލައްވާނެ ކަމަށެވެ.

މިއަދު އޮންލައިން