ރައީސް މައުމޫން ރާއްޖެއިން ބޭރުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު ރާއްޖެވަޑައިގެން ޚިދުމަތްކުރައްވަން ފެށްޓެވިތަނާހެން، ވެލާނާގޭ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ރައީސް މައުމޫންގެ މައްޗަށް ޙުކުމެއްކޮށް މަކުނުދޫއަށް އަރުވާލެއްވިއެވެ. އެއިރު ހުންނެވީ ވަރަށް އާދައިގެ މަޤާމެއްގައެވެ. ނަމަވެސް މުއްދަތު ހަމަ ނުވަނީސް މިނިވަން ކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވިއެވެ.
އިބްރާހީމް ނާޞިރު ރާއްޖޭގެ ވެރިކަން ދޫކޮށްލެއްވީ ރައީސް މައުމޫނާއި ރާއްޖޭގެ ވެރިކަން ޙަވާލުކުރެއްވެވުމަށްފަހުއެވެ. އެކަމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ރާއްޖޭގެ ވެރިކަން ކުރައްވަވާނީ އިބްރާހީމް ނާޞިރުގެ ލަފާފުޅާއި އެއްގޮތަށް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހާރު ތަޖުރިބާ ކުރައްވަމުން ގެންދަވަނީ ދެވަނަ ބަންދެވެ. ރައީސް ޢަބްދުﷲ ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ރައީސް މައުމޫން ބަންދުގައި ބަހައްޓަނީ ސިޔާސީ ބޭނުމަށް ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައީސް މައުމޫން ފަދަ ދިގު މުއްދަތެއްގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު އުމުރުފުޅުން 82 އަހަރުވެފައިވަނިކޮށް ޖަލު ބަންދުގައި ބަހައްޓާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
“We (Maumoon and I) celebrated our 49th wedding anniversary in Maafushi Prison. Alhamdhulillahi it has been wonderful 49 years. “ Madam Nasreena pic.twitter.com/wrmLS6Z973
— aminath nadira