ރައީސް މައުމޫނާއި ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރު ކުރަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 35ސ
ރައީސް މައުމޫނާއި ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރު ކުރަން ނިންމައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން އެމަނިކުފަނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ސިއްރު ކުރުމަށް ދާއިމީ އަމުރެއް ނެރުމަސް ޝަރީޢަތުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު ކުރިއަށްދިޔަ މިމައްސަލައިގެ އަޑުއެހުމުގައި ޝަރީޢަތުން މިގޮތަށް ނިންމީ މައްސަލައިގައި ރައީސް މައުމޫނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ސިއްރު ކުރުމަށް ދައުލަތުން އެދުމުންނެވެ.

ރައީސް މައުމޫނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ސިއްރު ކުރުމަށް ނިންމުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ސިއްރުން ހެކިބަސް ނެގުން އިސްލާމީ ޝަރީޢަތުގައި މަނާ ކަމަށާއި ހެކިބަސް ދޭން ޖެހޭނީ ކާކުކަން އެނގިހުރެ ޝަރީޢަތުގެ މަޖިލީހުގައި ކަމަށެވެ.

މިއަދު އޮންލައިން