ރައީސް މައުމޫންގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން އެދިވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 57ސ
ރައީސް މައުމޫންގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން އެދިވަޑައިގެންފި
ކުރީގެ ރައީސް މައުމޫން ޤަބްދުލްޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް، ރައީސް މައުމޫން އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ. އެމަނިކުފާނު ހައްޔަރު ކުރައްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ރައީސް މައުމޫންގެ ޣައިރު ހާޒިރުގައި ޝަރީޢަތް ހިންގައިދޭން އެމަނިކުފާނުގެ ފަރާތްޕުޅުން ވަކީލު މުޙައްމަދު ފައިސަލު، އެދިވަދައިގަތީ މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއަކުންނެވެ.
އެފަދައިން އެދިވަޑައިގަތީ ރައީސް މައުމޫންގެ އުމުރުފުޅާއި ސިއްޙީ ހާލުކޮޅު ހުރިގޮތުން ކޯޓަށް ހާޒިރުވުމަށްޓަކައި ކަނޑު ދަތުރުތައް ކުރެއްވުމަށް ދަތިފުޅުވާތީ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އެ ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހާޒިރުގައި ޝަރީޢަތް ކުރުމަކީ ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބޭ ޙައްޤެކޭ. އެކަމަކު އެޙައްޤު އެމަނިކުފާނު ދޫކޮށްލެއްވީ ކަމަށް. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ވާހަކަ ދައްކަވާނީ އެމަނިކުފާނުގެ ވަކީލުން ކަމަށާއި އެހެންވެ ވަކީލުންގެ ހާޒިރުގައި ކުރިއަށް ގެންދަން އެދިވަޑައިގެންފައިވަނީ" ވަކީލު ފައިސަލު ވިދާޅުވިއެވެ.

މިއަދު އޮންލައިން