ރައީސް މައުމޫނަށް ވަކީލު ބައްދަލުވުމަށް ވެސް ވަޑައިގެންނެވޭ ވަރެއް ނުވޭ: ވަކީލު ފައިސަލް

ކިޔުމަށް ހޭދަވާނީ 1މ 29ސ
ރައީސް މައުމޫނަށް ވަކީލު ބައްދަލުވުމަށް ވެސް ވަޑައިގެންނެވޭ ވަރެއް ނުވޭ: ވަކީލު ފައިސަލް
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސިއްޙީ ހާލުކޮޅު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މިންވަރުން، އެމަނިކުފާނަށް ވަކީލު ބައްދަލުވުމަށް ވެސް ވަޑައިގެންނެވޭ ވަރު ނުވާ ކަމަށް ރައީސް މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ވަކީލު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނަށް ވަކީލު ބައްދަލުވުމަށް ވެސް ވަޑައިގެންނެވޭ ވަރު ނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ދަށަށް ގޮސްފައިވާ މިންވަރު ކަމަށެވެ.

"ކަރެކްޝަންސް އިން ރައީސް މައުމޫން ވަގުތުން ފަރުވާއަށް ގެއަށް ބަދަލު ކުރަން ޖެހޭ" ވަކީލު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެހެން ޓްވީޓެއްގައި ވަކީލު ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ތަކުރާރުކޮށް ހުށަހެޅުނު ކަމަށާއި ނަމަވެސް އެކަމާއިމެދު ވީއެއްވެސް ކަމެއް ނެތް ކަމަށެވެ.

"އެޗްއާރްސީއެމް އިން އަބަދުވެސް ދޭ ޖަވާބަކީ 'މައްސަލަ ބަލަނީ ބަލަނީ'. އެޗްއާރްސީއެމް ގެ މެމްބަރުން ރައްޔިތުންގެ ފައިސާއިން ތިނަގާ މުސާރަ ހަލާލު ވާވަރަށް މަސައްކަތް ކުރަން ޖެހޭ" ރައީސް މައުމޫންގެ ވަކީލު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން