ޖަލުގަ ދުނިޔޭގެ ފެންވަރުގެ ލެބޯޓްރީއެއް ނުހަދާ، ރައީސް މައުމޫނު މިއަދު މާލެ ގެނައީ ކީއްވެ؟: ސަޕޯޓަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޖަލުގަ ދުނިޔޭގެ ފެންވަރުގެ ލެބޯޓްރީއެއް ނުހަދާ، ރައީސް މައުމޫނު މިއަދު މާލެ ގެނައީ ކީއްވެ؟: ސަޕޯޓަރުން
ޓެސްޓެއް ހެދުމަށް ރައީސް މައުމޫން މިއަދު އައިޖީއެމްއެޗަށް ގެނައުމުން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ވަނީ ކުއްލި ހައިރާން ކަމެއް ލިބި ސުވާލުތަކެއް އުފައްދައިފައެވެ.

މިއަދުނޫހަށް މައުލޫމާތު ދިން ރައީސް މައުމޫނުގެ ސަޕޯޓަރުން ބުނަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެމަނިކުފާނުގެ ލޯފުޅު ޑޮކްޓަރަށް ދެއްކުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ލޮލުގެ ކްލިނިކެއް ޖަލުގައި ހަދާފައިވާއިރު އެމަނިކުފާނުގެ ޓެސްޓް ހަދަން ދުނިޔޭގެ ފެންވަރުގެ ލެބޯޓްރީއެއް ޖަލުގައި ޤާއިމު ނުކޮށް އައިޖީއެމްއެޗަށް ގެނައި ސަބަބާއިމެދު ސުވާލު އުފެދޭ ކަމަށެވެ.

"ބައްލަވަ އެއީ ޑޮކްޓަރަށް ދަޅައެއް ދައްކަން ކުރި ކަމެއް. މާ އޯގާތެރިކޮށް ކަންކަން ކުރާ ކަން ދައްކަން ކުރި ކަމެއް. މިއަދު ގެނައީ އަޅުގަނޑުމެންގެ ހިތަށް ވެކްސިނެއް ޖަހައިގެން ވޯޓެއް ލިބޭނެ ކަމަށް. ސިކުނޑި އެއްކޮށް ދޮވެގެންވެސް ދެންނެތް އެކަން ކުރެވޭކަށް. ފްލައިން އެމްބިޔުލޭންސެއްގައި މާލެ ގެނައި ނަމަވެސް އެދެނީ ހަމަ އަނިޔާ."

"އަމިއްލަ ފޯނެއް ނުދިނުންތޯ ދުނިޔޭގަ އޮތް އެންމެ ބޮޑު ކުށަކީ؟ ކޮބައިތޯ ރައްޔިތުންގެ ފައިސާތަކަށް ޚިޔާނަތްތެރިވެ އެ ފައިސާ ހިފަހައްޓައިގެން ތިބި މީހުން؟ ކޮރަޕްޝަނުގެ ކިތައް މައްސަލަތޯ ފެންމަތިވީ؟ އަދީބު އާ ޒިޔަތު ނޫނީ މިގައުމުގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެގެން ހުރި މީހަކު ހަމަ ނެތީތޯ؟ އެހެންވީއިރު އޮޑިޓަރ ޖެނެރަލް އާ އޭސީސީ ނިން ނެރޭ ރިޕޯޓްތަކުގައި އެހުންނަނީ ހުސް ދޮގުވާހަކަތަކަކީތޯ؟" ވެސް ރައީސް މައުމޫނުގެ ސަޕޯޓަރުން ވަނީ ސުވާލު އުފައްދައިފައެވެ.
މިއަދު އޮންލައިން