ޕީޕީއެމް އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރިޔަށް ގެންދާނަން; ރައީސް މައުމޫން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ޕީޕީއެމް އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރިޔަށް ގެންދާނަން; ރައީސް މައުމޫން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަނބުރާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ވިދާޅުވީ ނިމިގެންދިޔަ ސެޕްޓެމްބަރުމަހުގެ 28ން 29 ހަށް ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތަކަކީ ބަލައިގަނެވޭ ނިންމުންތަކެއް ނޫން ކަމަށެވެ.

ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ބާއްވަން ޖެހޭ ޖަލްސާއެއް ޕީޕީއެމްގެ މެމްބަރުންނަށްވެސް ވާނުވާ ނޭނގޭ ފަދަ ގޮތަކަށް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވުމަށް ފަހު ނިންމެވި ނިންމެވުންތަކެއް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ރަށް ރަށުގައި ތިއްބަވާ ޕާޓީގެ ގޮފިތަކަށް ނިސްބަތްވާ ބޭބޭފުޅުންނަށްވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް މައުމޫން ވިދާޅުވީ ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީއެއް ހިންގުމުގައި އަމަލު ކުރަން ޖެހޭނީ އެ ޕާޓީއެއްގެ އަސާސީ ގަވާއިުގައިވާ ގޮތުގެ މަތީން ކަމަށާއި ޕީޕީއެމް މިހާރު ހިންގަމުން ދަނީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމަށެވެ.

މިއަދު އޮންލައިން