ރައީސް މައުމޫނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ

ކިޔުމަށް ހޭދަވާނީ 43ސ
ރައީސް މައުމޫނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެއްއަހަރާ 24 ދުވަހުގެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައިކޯޓުން ހަމަޖައްސައިފިއެވެ.

ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރިއަރީ މަހު އިއުލާނު ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަދި އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރެއްވީ، ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ދެއްވަން އެންގުމުން ފޯނު ނުދެއްވި މައްސަލައިގައެވެ.

ރައީސް މައުމޫންގެ މައްޗަށް އިއްވަފައިވާ ހުކުމްގެ އިސްތިއުނާފް ޝަރީއަތް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމައްސަލަ ހައިކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ހައިކޯޓުން ވަނީ އެމަނިކުފާނު މިނިވަން ކޮށްފައެވެ. އެމަނިކުފާނު މިނިވަން ކުރީ ޑިޕޮސިޓްގެ ގޮތުގައި 60،000 ރުފިޔާ ބެހެއްޓުމަށްފަހުއެވެ.
މިއަދު އޮންލައިން