ކްރިމިނަލް ކޯޓުގެ ރިޕޯޓު ނުލިބިގެން ރައީސް މައުމޫންގެ އިސްތިއުނާފް ކުރިއަށް ނުގެންދެވުނު

ކިޔުމަށް ހޭދަވާނީ 1މ 2ސ
ކްރިމިނަލް ކޯޓުގެ ރިޕޯޓު ނުލިބިގެން ރައީސް މައުމޫންގެ އިސްތިއުނާފް ކުރިއަށް ނުގެންދެވުނު
ކްރިމިނަލް ކޯޓުން ކުރީގެ ރައީސް މައުމޫން އަބްދުލްްާއްޔޫމް ގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓު ނުލިބި އޮތުމުން، އެމަނިކުފާނަށް އެކޯޓުން އިއްވާފައިވާ ހުމުކުގެ އިސްތިއުނާފު އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު 9:15 ހައި ހައިކޯޓުގައި ތާވަލް ކުރި އެއަޑުއެހުމުގައި، ކްރިމިނަލް ކޯޓުން އެމައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބޭކަން ފާހަގަ ކުރައްވަމުން ރައީސް މައުމޫންގެ ވަކީލުން ވިދާޅުވީ އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ގެންދަން އެރިޕޯޓި ވަރަށް މުހިންމު ކަމަށެވެ.

ވަކީލުން ފާހަގަ ކުރެއްވި ކަންތައް އަޑުއެއްސެވުމަށްފަހު ހައިކޯޓުގެ ބެންޗުން ބުނީ ރިޕޯޓު ނުދެވި އޮތީ ވަކީލަކު އެބަޔާންތަކުގައި ސޮއި ނުކޮށް އޮތުމުން ކަމަށެވެ. ބެންޗުން އެހެން އެންގުމުން ރައީސް މައުމޫންގެ ވަކީލުން ވިދާޅުވީ، އެބޭފުޅުން ބަޔާންތަކުގައި ސޮއި ކުރެއްވި ކަމަށާއި ވަކީލުން ސޮއި ނުކުރި ނަމަވެސް ޤާނޫނު މިހާރު އޮތް ގޮތުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

މިހާރު އެރިޕޯޓު ލިބޭނެ ކަމަށް ހައިކޯޓުގެ ބެންޗުން ވަނީ ވިދާޅުވެފައެވެ. އަދި އެރިޕޯޓު ނުލިބިއްޖެނަމަ ހައިކޯޓުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެކޯޓުން ބުނެފައިވެއެވެ.

މިމައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ ހަފްތާއަށް އެމައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރުމަށްފަހުއެވެ.

މިއަދު އޮންލައިން