ރައީސް ޔާމީނުގެ މަޞްލަހަތަށްޓަކައި ރައްޔިތުންގެ ނިންމުން ބަދަލުކުރުމަކީ ބޮޑު އަނިޔާއެއް ކަމަށް ޝައިޚް އިލްޔާސް ވިދާޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރައީސް ޔާމީނުގެ މަޞްލަހަތަށްޓަކައި ރައްޔިތުންގެ ނިންމުން ބަދަލުކުރުމަކީ ބޮޑު އަނިޔާއެއް ކަމަށް ޝައިޚް އިލްޔާސް ވިދާޅުވެއްޖެ!

"އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާނުކޮށް އެ ނަތީޖާ ބަދަލުވާ ފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް ބުނަމުން ދަނިކޮށް ފަރުދެއްގެ މަޞްލަހަތަށްޓަކައި ރައްޔިތުންގެ ނިންމެވުން ބަދަލުކުރުމަކީ ބޮޑު އަނިޔާއެއް! ފަނޑިޔާރުން މިއާޔަތާއިމެދު ފުންކޮށް ވިސްނަވައި ފިކުރު ކުރެއްވުން މުހިންމު."

މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ކުރައްވަވާފައިވާ ޓްވީޓެކެވެ. މިޓްވީޓުގައި ޝައިޚް އިލޔާސް ހިމަނުއްވަވާފައިވަނީ ސޫރަތުއްނިސާގެ 105 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ:

"ހަމަކަށަވަރުން ޙައްޤު ގޮތުގައި ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވެވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެމަތިން މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވެވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތްޕުޅު ކުރައްވަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!." މިފަދައިންނެވެ.




މިއަދު އޮންލައިން