ތިމަރަފުށީގެ ބިމަކާއި ފޮނަދޫގެ ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރަން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ތިމަރަފުށީގެ ބިމަކާއި ފޮނަދޫގެ ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރަން ހުޅުވާލައިފި

ތ. ތިމަރަފުށީގެ 26،480 އަކަމީޓަރުގެ ބިމަކާއި ލ. ފޮނަދޫގެ ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިންނެވެ.

އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިމަރަފުށީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ. މީގެއިތުރުން ފޮނަދޫގައި ފަތުރުވެރިކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވެސް ވަނީ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ބީލަންތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ސެޝަން އަންނަ ޑިސެންބަރު މަހުގެ 01 ވާ އަންގާރަ ދުވަހު އަދި ދެވަނަ ސެޝަން ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަމާއި، އީމެއިލް އަދި ފޯނު ނަންބަރު ހިމަނައި، ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ ނުވަތަ ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ފޮނުވަން ޖެހެއެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު މިހާރު އިޢުލާނާއެކު އާންމުކޮށްފައިވާއިރު، ނޮވެންބަރު 22 ވާ އާދިއްތަ ދުވަހުން ފެށިގެން 06 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ދޫކުރުމަށް ވަނީ ނިންމާފައެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އެ ވުޒާރާގެ އީމެއިލް މެދުވެރިކޮށް ބީލަން ފޮތް ގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، 05 ޖަނަވަރީ 2027 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ވުޒާރާގެ ރަސްމީ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

މިއަދު އޮންލައިން