އެމްޕީ ސައުދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ނިންމައިފި

ކިޔުމަށް ހޭދަވާނީ 36ސ
އެމްޕީ ސައުދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށް ނިންމައިފިއެވެ.

އެމްޕީ ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގެ ގޮނޑި ގެއްލުވާލާފައިވަނީ، އޭނާ ވެސް އިދިކޮޅު އިއްތިހާދާއި ގުޅިވަޑައިގެން އިސްލާހީ މަސައްކަތުގައި ބައިވެރިވެލެއްވި ފަހުންނެވެ.

ސައުދުގެ އިތުރުން މިއަދު ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ވެސް ނުގެއްލޭކަމަށް ނިންމާފައެވެ.
މިއަދު އޮންލައިން