ސައުދުގެ ގޮނޑިވެސް ލިބިއްޖެ- މިފެންނަނީ ރައްޔިތުންލީ ވޯޓުގެ ނަތީޖާ: ސައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސައުދުގެ ގޮނޑިވެސް ލިބިއްޖެ- މިފެންނަނީ ރައްޔިތުންލީ ވޯޓުގެ ނަތީޖާ: ސައުދު


ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

ކޯޓުން ނުކުމެވަޑައިގަތުމަށްފަހު ސައުދު ވިދާޅުވީ ފެންނަމުން މިދަނީ ދިވެހި ޤައުމު މިނިވަން ކުރުމުގެ ބޭނުމުގައި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ނުކުމެ ލީ ވޯޓުގެ ނަތީޖކަމަށެވެ. "ފެންނަމުން މިދަނީ ދައުލަތުގެ މމުއައްސަސާތަކަށް ލިބެމުން އަންނަ މިނިވަންކަން. އިރާދަ ކުރެއްވިއްޔާ ރައްޔިތުންގެ އުންމީދުތައް ދާނީ ފުރިހަމަވަމުން."

ސައުދު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ ވިލިނގިލި ދާއިރާގެ ރައްޔިތުންނަށެވެ. އެގޮތުން ދާއިރާގެ މެންބަރު މަސްއޫލިއްޔަތުން އެކަހެރި ކުރުވައި ބެހެއްޓުވުމުގެ އިތުރުން އެންމެ ގިނަ ބައަކު ވަޒިފާއިން ވަކިކޮށް އަދި ބަންދުކޮށްފައިވަނީ ވިލިނގިއްޔާއި ކޮލަމާފުށިން ކަމަށެވެ.

ސައުދު ވިދާޅުވީ ﷲ ތައާލާ ޙައްޤަށް ނަޞްރު ދެއްވަވާނެ ކަމަށާއި މިއަދު ފެންނަމުން މިދަނީ ﷲ ތަޢާލާގެ ނަޞްރު ދިވެހި ރައްޔިތުންނަށް ލިބެމުންދާތަން ކަމަށެވެ. އެހެންކްމުން އެނގެމުން މިދަނީ ރައްޔިތުންގެ ނިންމުމަކީ ޙައްޤަށް އިންޞާފުވެރިކަމާއިއެކު ނިންމާފައިވާ ނިންމުމެއް ކަމެވެ.
މިއަދު އޮންލައިން