ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާ ބަލައިގަތުން މެދުކަނޑާލައިފި!

ކިޔުމަށް ހޭދަވާނީ 1މ 16ސ
ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާ ބަލައިގަތުން މެދުކަނޑާލައިފި!
ހުޅުމާލެއިން ނުއަގުގައި ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ފޯމު ދޫކުރަން ފަށާފައިވާއިރު ގޯތި ވިއްކުން މަޑުޖައްސާލުމަށް އޭސީސީ އިން އިއްޔެ އެމިނިސްޓްރީއަށް އެންގި ނަމަވެސް އެ އެންގުމަށް ބޯނުލަނބާ މިނިސްޓްރީން އިއްޔެ އަދި މިއަދު ވެސް ފޯމު ދޫކޮށްފައިވެއެވެ. ނަމަވެސް މިހާރުވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ގަތުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާ ފޯމް ބަލައިގަތުން ހުއްޓާލާފައެވެ. ހުލުމާލޭން ގޯތި ގަތުމަށްފޯމު ނަގާފައިވަނީ ކިތައް މީހުންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

އިއްޔެ އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ހައުސިންގް މިނިސްޓާރ މުޢިއްޒުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 400 ގޯތި ވިއްކުމަށް ހުޅުވާލުމާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަށް ބަލާއިރު، ގާނޫނީ ގޮތުން އެކަމުގެ ތެރޭގައި ސުވާލު އުފެދޭ ފަދަ ކަންތައްތަކެއް ހުރި ކަމަށެވެ. އަދި ކަރޮޕްޝަނަށް ތުހުމަތުވާ ފަދަ މައްސަލަތަކެއް އޭގެ ތެރޭގައި ވާތީ އެ މައްސަލަ އޭސީސީން ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީން ބަލަމުން ދާތީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން މެދުކަނޑާލުމަށް އަންގާ ކަމަށެވެ.

މިނިސްޓާރ މުޢިއްޒު އިއްޔެ އިއުލާން ކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން1000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށެވެ. އެގޮތުން 1000 އަކަފޫޓުގެ ގޯއްޗެއް އަކަފޫޓަކަށް 400 ރުފިޔާ ރޭޓުން ކަމަށް މިނިސްޓާރ މުޢިއްޒު ވިދާޅުވެފައިވާއިރު، މުޢިއްޒު އިތުރަށް ވިދާޅުވެފައި ވަނީ ގޯއްޗަށް އެދި ފޯމު ހުށަހެޅޭނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށާއި ދަފުތަރުގެ މީހުންނަށް ކަމަށެވެ.


މިއަދު އޮންލައިން