ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ ރާއްޖެ ވަޑައިގަންނަވަނީ!

ކިޔުމަށް ހޭދަވާނީ 39ސ
ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ ރާއްޖެ ވަޑައިގަންނަވަނީ!
ދެކުނު އޭޝިއާގެ ކަންތައްތައް ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އެލިސް ވެލްސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މި މަހުގެ ނުވަޔަކުން އެގާރައަށް އެލިސް ކުރައްވާ ދަތުރުފުލުގައި ސްރީލަންކާއަށްވެސް ވަޑައިގަންނަވާނެއެވެ.

އަދި ރާއްޖެ ވަޑައިގެން ރައީސް ޔާމިންގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން އިންތިޙާބި ރައީސް ސޯލިޙްއާ ބައްދަލުކޮށް މަރުޚަބާ ދައްނާވާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މިދަތުރުފުޅުގައި ރައީސް ސޯލިހްގެ ސަރުކާރާ އެމެރިކާއިން ގުޅުންބަދަހި ކުރުމާގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވޭނެ ކަމަށްވެސް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.
މިއަދު އޮންލައިން