ހުޅުމާލެ އިން ގޯތި ވިއްކުމުގެ ގާނޫނީ ބާރެއް ހައުސިންއަށް ލިބިގެން ނުވޭ!

ކިޔުމަށް ހޭދަވާނީ 1މ 11ސ
ހުޅުމާލެ އިން ގޯތި ވިއްކުމުގެ ގާނޫނީ ބާރެއް ހައުސިންއަށް ލިބިގެން ނުވޭ!
ޤާނޫނީ ނަޒަރަކުން ބަލާއިރު ހުލުމާލޭން ގޯތި ވިއްކުމުގެ ޙައިސިއްޔަތު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފުރާސްޓަކްޗާއަށް ލިބިގެން ނުވާކަމަށް، އަދި އެކަން ކުރަންޖެހެނީ ހުޅުމާލެ ތަރައްޤީކުރަމުން އަންނަ ހައުސިންގް އެންޑް ޑެވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށް ޤާނޫނި ވަކީލުންތަކެއް ބުނެފިއެވެ.

ޤާނޫނީ ވަކީލުން މިހެން ބުނެފައިވަނީ ނުއަގުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިންގް މިނިސްޓްރީން އިއްޔެ އިއުލާންކޮށް، ބައެއް ފަރާތްތަކަށް ގޯތި ގަތުމަށް ފޯމް ވެސް ދޫކޮށްފައި ވަނިކޮށެވެ.

ޤާނުނީ ވަކީލުން ވިދާޅުވީ އެޗްޑީސީއަކީ ވަކި ކުންފުންޏަކަށް ވެފައި، އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ބިންތަކެއް ވިއްކުމުގެ ހައްގު އެ މިނިސްޓްރީއަށް ނޯންނާނެ ކަމަށެވެ. އަދި، މިކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ވެސް އިއްޔެ ވަނީ ހައުސިންގް މިނިސްޓްރީއަށް ރަސްމީ ސިޓީއަކުން ދަންނަވާފައެވެ.

ވެރިކަން ބަދަލުވުމުގެ މި މަރުހަލާ ތެރޭގައި އެއްވެސް ބިމަކާ ގުޅޭ މުއާމަލާތެއް ނުހިންގަން އެޗްޑީސީގެ ބޯޑުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފާސްކޮށްފައި ވާކަމަށް "މިއަދު" އަށް ވަނީ މަޢުލޫމަތު ލިބިފައެވެ އެވެ. ވީއިރު ހައުސިންގްއަށް ހުޅުމާލެން ބިން ނުވިއްކޭނެއެވެ. ވިއްކޭނެ ޤާނޫނީ ބާރެއްވެސް ލިބިފައި ނެތީމައެވެ.
މިއަދު އޮންލައިން