ހައުސިންގް މިނިސްޓްރީން ދޫކުރި ބައެއް ފޯމްތަކުގައި މައްސަލަ އުޅޭ؟

ކިޔުމަށް ހޭދަވާނީ 43ސ
ހައުސިންގް މިނިސްޓްރީން ދޫކުރި ބައެއް ފޯމްތަކުގައި މައްސަލަ އުޅޭ؟
ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކަން ހުޅުވާލައި ފުރަތަމަ ދޫކުރި ފޯމުގައި ބުނާގޮތުން ގޯއްޗަށް ކުރިމަތިލެވޭނީ ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އެކަމަކު، ފަހުން ދޫކުރި ފޯމުގައި އެ ޝަރުތު ވަނީ އުނިކޮށްފައެވެ.
ފަހުގެ ފޯމުގައި ވަނީ ވަރިވެފައިވާ މީހުންނަށް ނުވަތަ ފިރިމީހާ/އަނބިމީހާ މަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.



400،000 ރުފިޔާއަށް ނުއަގުގައި ގޯތި ގަތުމަށް އިއްޔެ ހައުސިން މިނިސްޓާރ މުއިއްޒު ހުޅުވާލި ހުޅުވާލުމާއެކު، ފޯމް ދޫކުރުން މަޑުޖައްސާލުމަށް އެދި އޭސީސީން ވަނީ އެދިފައެވެ. އެހެންކަމުން މިއަދު ވަނީ އެކަން މަޑުޖައްސާލާފައެވެ. އަދި ފޯމް ބަލައިގަތުންވެސް ވަނީ މަޑުޖައްސާލާފައެވެ.



ގިނަ ބަޔަކު ބުނާގޮތުގައި އެޗްޑީސީގެ ބާރުގެ ދަށުގައި އޮތް ބިމެއް ވިއްކަލެވޭނެ ޤާނޫނީ ހައިސިއްޔަތެއް އެ މިނިސްޓްރީއަށް ލިބިގެން ނުވެއެވެ. މިކަމުގެ ސަބަބުން މިނިސްޓާރ މުޢިއްޒުއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މިއަދު އޮންލައިން