ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫގައި ހިންގި މާރާމާރީގައޮ ތޫނުއެއްޗަކުން ހަމަލާދީ ބޮޑެތި ޒަކަމްތަކެއް ލިބުނު މުޙަައްމަދު އީވާން (22އ.) ގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
އީވާންގެ ކަރަށާއި ބުރައްޓާއި ބޮލުގެ އިތުރުން ހަށިގަނޑުގެ ހަތް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އޭނާގެ ފުއްޕާމެއަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
ލިބުނު ޒަޚަމްތަކުގެ ސަބަބުން އެނާގެ ހާލު ސީރިއަސްވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫއިން އީވާނަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހަމަ އެރޭ އޭނާވަނީ މާލެ ގެނެސް އައިޖީއެމްއެޗް ގެ އައިސީޔޫ ގައި އެޑްމިޓު ކޮށްފައެވެ.
ފުއްޕާމެއަށްލިބުނު ގެއްލުމުގެ ސަބަބުން އޭނާގެ ނޭވާލުމުގެ ނިޒާމަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށާއި އީވާން ފަހުން ނޭވާލަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބެއެވެ.