ލަތީފުގެ މެމްބަރުކަން ވެސް ނުގެއްލޭކަމަށް ހުކުމް ކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
ލަތީފުގެ މެމްބަރުކަން ވެސް ނުގެއްލޭކަމަށް ހުކުމް ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލިފައިވާ ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުޙައްމަދުގެ މެމްބަރުކަމުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މީގެ އިރުކޮޅެއް ކުރިން ނިންމައިފިއެވެ.

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ލަތީފު ފަހުން ގުޅިވަޑައިގަތީ ޕީޕީއެމް އާއިއެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމުން އޭނާ އެޕާޓީއިން ވަކިކޮށް، މެމްބަރުކަން ގެއްލިފައިވާ ކަމަށް އީސީއިން ކަނޑައެޅިއެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތުފާގުން އިއްވެވި ހުކުމްގައި ބުނެފައިވަނީ، އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ބަދަލު ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭކަމަށް ކަނޑައަޅައި އެކޯޓުން ނެރުނު ހުކުމްގައިވާ އެއްވެސް އުސޫލެއްގެ މައްޗަށް ލަތީފު ނުފެތޭ ކަމަށާއި އެހުކުމަށް ރިއާޔަތްކޮށް އޭނާގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށެވެ.
މިއަދު އޮންލައިން