އަމީތުގެ މެމްބަރުކަމުގެ ގޮނޑިއާއެކު، ހަތަރު މެމްބަރުންގެ ގޮނޑިވެސް ސަލާމަތް ވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
އަމީތުގެ މެމްބަރުކަމުގެ ގޮނޑިއާއެކު، ހަތަރު މެމްބަރުންގެ ގޮނޑިވެސް ސަލާމަތް ވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތުގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާ ހުކުމް އިއްވީ، އެކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އަމީތަކީ އިދިކޮޅާއި އެންމެ ފުރަތަމަ ގުޅިވަޑައިގެން ބޭފުޅުންގެ ތެރެއިން އެކަކެވެ. ގޮނޑި ގެއްލޭ މައްސަލައިގައި ސުްޕރީމް ކޯޓުން އަމުރު ނެރުމުގެ ކުރިން އަދި އެންޓި ޑިފެކްޝަން ގާނޫނު ފާސް ކުރުމުގެ ކުރިން އަމީތު ވެސް ވަނީ ޕީޕީއެމް އިން ވަކިކޮށްފައެވެ.
މިއަދު އޮންލައިން