ހުޅުމާލެއިން ބްރިޖަށް ދާން ހަދާފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 51 އަހަރުގެ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މީޣެ އިރުކޮޅެއް ކުރިން ހިނގި މިއެކްސިޑެންޓު ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއްގައި ފަހަރުން އައި ޕިކަޕަކުން ޖެހިގެން ކަމަށް މަންޒަރު ދުށް ބަޔަކު މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދާން އިން ޓަރނިން ޕޮއިންޓުގައި މިއަދު މެންދުރު 13:35 ހާއިރު ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ކަނާއަތަށާއި ކަނާތު ފައިގެ ކަކޫ ފްރެކްޗަރ ވެފައިވާ ކަމަށް، އެހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މޭޑިއާ ކޯޑިނޭޓަރު އާޝިޔާ ސޯލިހު ވިދާޅުވެފައިވެއެވެ.