ރައީސް މައުމޫން ޖަލަށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ

ކިޔުމަށް ހޭދަވާނީ 38ސ
ރައީސް މައުމޫން ޖަލަށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމުއް މާދަމާ ހައިކޯޓުގައި ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުއެމަނިކުފާނު ހައްޔަރު ކުރުމަށްފަހު، ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލައިގައި އުފުލި އަދުލުއިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން މިމައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގައިވަނީ ނިންމާލާފައެވެ. އެހެންކަމުން މާދަމާ ބާއްވާ އަޑުއެހުމުގައި މިމައްސަލައިގެ ހުކުމް އިއްވާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން