ވިލާ އެއާ އިން ހިންގާ ފްލައިމީން އައްޑޫ އާއި ފުވައްމުލަކަށް ދަތުރުތަށް ފެށުމަށް ގާތްވެފައި ވާތީ، އެ ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
މި މަހު 15 ގައި އައްޑޫ އަދި ފުވަމުއްލަކަށް ވެސް ދަތުރުތަށް ފަށާނެކަމަށް ފްލައިމީ އިން ވަނފްލައިމީން އެ ދެ މަންޒިލަށް ކުރާ ދަތުރުތަކަށް ޓިކެޓެއްގެ އަގަކީ 999ރ. ކަމަށް އެ އެއާރލައިނުން ބުނެއެވެ. މިހާރު އެ ކުންފުނީގެ ޓިކެޓިން ކައުންޓަރުތަކުގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް ވެސް ޓިކެޓު ވިއްކަން ވަނީ ފަށައިފައި އެވެ.
އިތުރު މަންޒިލުތަކަށް އުދުހުމުގެ ހުއްދަ ނުދިނުމުން ފްލައިމީންމީގެ ކުރިން އުދުހެމުން ދިޔައީ ދދަރަނަވަންދޫ އަދި މާމިގިލީ އެއާޕޯޓަށް އެކަންޏެވެ. އިތުރު މަންޒިލްތަކަށް އުދުހުމުގެ ހުއްދަ ކުރިން ދީފައި އޮތްއިރު ފްލައިމީން ވަނީ ވަރަށް ހެޔޮ އަގުގައި ދަތުރުތައް ކޮށްފައެވެ. އެގޮތުން 999 ، 888 ފަދަ އަގުތަކަކީ ފްލައިމީން ރާއްޖެއަށް ތަޢާރަފްކުރި އަގުތަކެވެ.
ފްލައިމީން މީގެ ކުރިންވެސް މި ދެ މަންޒިލަށް ދަތުރު ކުރުމަށް ތައްޔާރުވަމުން ދިޔައެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ހުއްދަ ނުލިބުމާއި އެކު ދަތުރުތަށް ފެށުން ލަސްވީ ކަމަށް މައުލޫމާތު ލިބެއެވެ.