ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ބައްދަލު ކުރައްވައިފިއެވެ.
ރައީސް މައުމޫން އާއި ނާޒިމް މބައްދަލުކުރެއްވީ މެލޭޝިއާގައެވެ. މިއީ ނާޒިމް މިނިވަންވުމަށް ފަހު ސިޔާސީ ބޭފުޅަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ނާޒިމް ބޭސްފަރުވާއަށް މެލޭޝިއާ އަށް ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.