ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށް މެލޭޝިއާއަށް އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

 

ބޭސްފަރުވާއަށް ތިން ހަފްތާ ވަންދެން ރައީސް މައުމޫން މެލޭޝިއާގައި މަޑު ކުރެއްވިއިރު، އެމަނިކުފާނު އަރިހަށް ދެދަރިކަނބަލުން ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން އަދި ދަރިކަލުން ފާރިސް މައުމޫން ވެސް ވަޑައިގެންނެވިއެވެ. ފާރިސް މެލޭޝިއާއިން އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

 

ރައީސް މައުމޫން މިރެ ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްއާރްއެމްގެ އިސްބޭފުޅުންނާއި ސަޕޯޓަރުން އެއާޕޯޓަށް ގޮސް ތިއްބެވެ. އެމަނިކުފާނުވަނީ މަރުހަބާ ކިޔަން ދިޔަ އެންމެންނަށް ޓްވީޓެއް މެދުވެރިކޮށް ޝުކުރު އަދާ ކުރައްވާފައެވެ.

 

ރައީސް މައުމޫން މެލޭޝިއާ އަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން މިދިޔަ މަހު ބާތިލު ކުރުމުން، އެހުކުމުން މިނިވަން ވެގެންނެވެ. ނަމަވެސް އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރައި ގުޅިގެން ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

މިއަދު އޮންލައިން