އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 35ސ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް!

ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ. 

މި ދަތުރުފުޅަކީ 24 ޖޫން 2024 އިން 28 ޖޫން 2024 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މީގެ އިތުރުން މިދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމްވެސް ބައިވެރިވެލައްވައެވެ.

 

މިއަދު އޮންލައިން