ދައުލަތުގެ ކަންކަން ނިންމުމުގައި އިސް ސަފުގައި އިސްލާމިކް ޔުނިވާސިޓީން ކިޔެވި ދަރިވަރުން ދަނީ ހަރަކާތްތެރިވަމުން!: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދައުލަތުގެ ކަންކަން ނިންމުމުގައި އިސް ސަފުގައި އިސްލާމިކް ޔުނިވާސިޓީން ކިޔެވި ދަރިވަރުން ދަނީ ހަރަކާތްތެރިވަމުން!: ޑރ. ޝަހީމް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަކީ ވަރަށް މުހިއްމު މުއައްސަސާއެއް ކަމަށާއި ދައުލަތުގެ ކަންކަން ނިންމުމުގައި އިސްލާމިކް ޔުނިވާސިޓީން ކިޔެވި ދަރިވަރުން އިސް ސަފުގައި ހަރަކާތްތެރިވާތަން ފެނިވަޑައިގަންނަވާކަމަށް އިސްލާމީ ކަންތައްތައްތަކާއިބެހޭ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ އައިޔޫއެމްއަށް 45 އަހަރު ފުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން: 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން އިސްލާމިކް ޔުނިވާރސިޓީ އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ.

- ⁠އިސްލާމިކް ޔުނިވާސިޓީ ނުވަތަ މައުހަދު ޤާއިމްވެގެން ދިޔަކަން އެއީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް އަގުހުރި ފުރުސަތެއް، ދިވެހިރާއްޖޭގެ އިސްލާމީ ޘަޤާފަތް ދެމެހެއްޓުމާއި ނެގެހެއްޓުމަށް އެޅިގެންދިޔަ ވަރަށް ރަނގަޅު ފިޔަވަޅެއް.

⁠އައިޔޫއެމްއަށް އޮތީ ވަރަށް އުޖާލާ މުސްތަޤްބަލެއް، އެންމެ އުއްމީދު ކުރާ ދުވަހަކީ އައިޔޫއެމްއަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ އިސްލާމިކް ޔުނިވާސިޓީއަކަށް ވެގެންދާ ދުވަސް.

- ⁠އައިޔޫއެމްގެ ކުރިއެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެ.

- ⁠ރާއްޖޭގައި އިސްލާމީ ޙިދާޔަތު ދަމަހައްޓަން އިސްލާމީ ޔުނިވާސިޓީއަކީ މުހިއްމު މުއައްސަސާއެއް.

 

މިއަދު އޮންލައިން