ޑރ. ޝަހީމްގެ ޢަބުރު ކަތިލާ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޑރ. ޝަހީމްގެ ޢަބުރު ކަތިލާ އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެ! އިން ޝާ ﷲ

އިސްލާމީކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ފުރައްސާރަކޮށް ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫން ކަމަށާއި ޑރ. ޝަހީމަކީ އެ އަށްވުރެ ޢަޒުމު ވަރުގަދަ އަދި މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ޒިންމާދާރު މަޤާމުތަކުގައި ތިބެ ޑރ. ޝަހީމްގެ ޢަބުރުފުޅަށް އަރައިގަނެ ޢަބުރު ކަތިލަން މީގެ ކުރިންވެސް ވަނީ ބައަކު މަސައްކަތްތަކެއް ކޮށްފައެވެ. މާތް ﷲ ވަނީ އެއެންމެންވެސް ވަރަށް ދެރަ ނިކަމެތި ގޮތަކަށް ބަލިކުރައްވަވައިފައެވެ. އެއިގެ ތެރެއިން ބައެއް މީހުން ވަނީ ޙަޤީޤީ ފަޟީޙަތުން ފަޟީޙަތްވެސް ކުރައްވައިފައެވެ. 

ޑރ. ޝަހީމް އާއިމެދު މިފަދަ ޢަމަލުތައް މިހައިތަނަށް ކުރި މީހުންނަށް ބަލާއިރު އެމީހުންނަށް މާތް ﷲ ވަނީ ދުނިޔޭގައިވެސް އެމީހުން ނިކަމެތިކުރައްވަވައިފައެވެ. މިކަންކަމުގެ ޙަޤީޤަރް އެނގޭ މީހުންނަށް މިއީ ތެދެއްކަން ޔަޤީންކުރެވޭނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައި އެވަނީ ޙައްޤުބަހެވެ. އިސްލާމިކް މިނިސްޓަރުގެ ޙައިޞިއްޔަތުން ޑރ. ޝަހީމް ކުރައްވަވާފައިވާފަދަ ޚިދުމަތާއި ގާތަކަށްވެސް އެހެން އެއްވެސް އިސްލާމިކް މިނިސްޓަރަކަށް މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވެވިފައެއް ނުވެއެވެ. 

ނިމިގެންދިއަ އެމްޑީޕީގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީ ހިންގުން ބޮއްސުންލައިދިއުމުން ކުރާނެ ކަމެއް ނެތިގެން އެމަޤާމް ޤަބޫލުފުޅުކުރައްވާތޯ އެކިބޭފުޅުންގެ އެދިވަޑައިގަތުމަށް 2 ފަހަރު މަތިން އަޅުގަނޑުވެސް ޑރ. ޝަހީމްގެ އަރިހަށް ދިއައިމެވެ. ދެއްވީ ވަރަށް ކުރު ޖަވާބެކެވެ. "ލަޠީފްބޭ މަޤާމް ދީފާނެއެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް ކުރިއަކަ ނުދޭނެއެވެ. އެގޮތަށް ހުންނަން މަޤާމް ބޭނުމެއް ނޫނެވެ!"

 

މިއަދު އޮންލައިން