އިމާމުންނަކީ މުޖުތަމަޢުގެ އިސްލާމީ ލީޑަރުން: ވަޒީރު ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އިމާމުންނަކީ މުޖުތަމަޢުގެ އިސްލާމީ ލީޑަރުން: ވަޒީރު ޑރ.ޝަހީމް

އިމާމުންނަކީ މުޖުތުމަޢުގެ އިސްލާމީ ލީޑަރުންކަމަށާއި، އިމާމުންނަކީ މުޖުތަމަޢުގައި ދިނީ ޝިޢާރުތައް ފާޅުކުރުމުގައި އިސްވާރުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

6 އަތޮޅެއްގެ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފެއްޓެވުމުގެ ގޮތުން އިމާމުންނާއި މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިމާމުންނާއި ކައުންސިލްތަކާއި ގުޅިގެން ރަށުތެރޭގެ ހަމަޖެހުން ޤާއިމްކުރެވޭނެކަމަށާއި، އިމާމުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިމާމުން ވާންޖެހޭނީ ނަމޫނާ ޝަޚުސިއްޔަތުތަކަށްކަމަށާއި، އެހެން މީހުންނަށް ހެޔޮ އެދޭ އަދި އިސްލާމީ ރިސާލަތު އުފުލާ ބަޔަކަށްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު އިމާމުންނަކީ ވަރަށް މަތިވެރި އިހުތިރާމެއް ލިބިގެންވީ ބައެއްކަމަށާއި، މި އިޙުތިރާމް އެގޮތުގައި ބޭއްވުމަށް ހުރިހާ އިމާމުންވެސް މަސައްކަތް ކުރެއްވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުއަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއުއެއްކަން ފާހަގަކޮށްލެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން