މިސްކިތު ޤާރީ ކުލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭނެ: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
މިސްކިތު ޤާރީ ކުލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭނެ: ޑރ.ޝަހީމް

ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފެށި މިސްކިތު ޤާރީ ކުލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ޤުރުއާން ކުލާސްތައް ކުރިއަށް ގެންދަން ފެށުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޤުރުއާން އުނގަންނައިދިނުމަށް މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ފެށިގެން ދިއުމުން މިސްކިތްތަކަށް ދިރުން ލިބިގެން ދާނެ ކަމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާތަނަށް މިސްކިތްތަކުގައި ޤުރުއާން ކުލާސް ހިންގުމުގެ ހުއްދަ 32 ފަރާތަކަށް ދެއްވާފައިވެއެވެ. މީގެ ތެރޭގައި 23 ރަށަކާއި، 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ޤުރުއާނުގެ ޢިލްމު ފެތުރުމާއި، މިސްކިތްތަކަށް އިތުރު ދިރުމެއް ގެނައުމެވެ. މި ކުލާސްތަކުގެ ސަބަބުން ގިނަ ބަޔަކަށް ޤުރުއާން ކިޔެވުމުގެ ފުރުޞަތު ލިބި، މިސްކިތްތަކުގެ ބޭނުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން