މި އަހަރަކީ އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު: ޑރ.ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މި އަހަރަކީ އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު: ޑރ.ޝަހީމް

މި އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދަކަށް ކީރިތި ޤުރުއާން ހިތުދަސް ފަރާތްތައް ނުވަތަ ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޙާފިޒުން ދަސްވެނިވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.

މި އަހަރުގެ ޙާފިޒުން ދަސްވެނިވުމުގެ ޚާއްޞަ ޙަފްލާ އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާއަކީ ކީރިތި ޤުރުއާން އުނގަންނައިދިނުމާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މުހިންމު ޙަފްލާއެކެވެ.

ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މި ރަމަޟާން މަހު ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު މިދިޔަ އަހަރުގެ ރަމަޟާން މަހާ އަޅާބަލާއިރު ދެގުނައަށް އިތުރުވާނެއެވެ. މިއީ ރާއްޖޭގައި ޤުރުއާން އުނގެނުމުގެ ދާއިރާއިން ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

ސަރުކާރުގެ މުހިންމު އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޒުންގެ ޢަދަދު 500 އަށް އެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން