އެތެރޭގެ އުދުހުންތަކުގެ ހެޔޮއަގުތައް އިއުލާން ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 30ސ
އެތެރޭގެ އުދުހުންތަކުގެ ހެޔޮއަގުތައް އިއުލާން ކޮށްފި!

އެތެރޭގެ އުދުހުންތަކުގެ ހެޔޮއަގުތައް އައިލެންޑް އޭވިއޭޝަނުން މިއަދު އިއުލާން ކޮށްފިއެވެ.

"މޯލްޑިވިއަން" ފްލައިޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވެވަޑައިގަތް 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި، އެތެރޭގެ އުދުހުންތަކުގެ އަގުތައް މިހާރަށްވުރެ ކުޑަ ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދުފުއްދުމަށް އެކުންފުނިން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރާއި މަޝްވަރާ ކޮށްގެން، ދިހެވިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަތުން، އެތެރޭގެ އުދުހުންތަކަށް ނަގާ އަގުތައް ހެޔޮ ކުރުމަށް އެކުންފުނިން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެގޮތުން ހެޔޮކުރެވުނު އަގުތަކަކީ: * މާލެ - ހަނިމާދޫ - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާއި ދެމެދު

* މާލެ - އިފުރު - މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާއި ދެމެދު

* މާލެ - ދަރަވަންދޫ - މާލެ: 1،098 ރުފިޔާއާއި 1،562 ރުފިޔާއާއި ދެމެދު

* މާލެ - ކުޑަހުވަދޫ - މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާއި ދެމެދު

* މާލެ - ތިމަރަފުށި - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާއި ދެމެދު

* މާލެ - ކައްދޫ - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާއި ދެމެދު

* މާލެ - ކޫއްޑޫ - މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދު

* މާލެ - ކާޑެއްދޫ - މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާއި ދެމެދު

* މާލެ - ފުވައްމުލައް - މާލެ: 1،698 ރުފިޔާއާއި 2،598 ރުފިޔާއާއި ދެމެދު

* މާލެ - ގަން - މާލެ: 1،698 ރުފިޔާއާއި 2،666 ރުފިޔާއާއި ދެމެދު

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކޮށްފައިވާއިރު، މިއަގުތަކުގައި އައިލެންޑް އޭވިއޭޝަންގެ ޓިކެޓިން އޮފީސްތަކުންނާއި އޭޖެންޓުން މެދުވެރިކޮށް، މިހިނގާ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން