ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރުވި ފަރާތާއިމެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ޤަބޫލު ކުރެވޭ: ރައީސް މައުމޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރުވި ފަރާތާއިމެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ޤަބޫލު ކުރެވޭ: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔައިރު، އެކަން ކުރުވި ފަރާތާއިމެދު ފިޔަވަޅު އަޅަން ޖެހޭކަން ޤަބޫލު ކުރައްވާ ކަމަސް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރައީސް މައުމޫން މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނާއި، ދަަރިކަލުން ފާރިސް މައުމޫން އާއި ދަނބިދަރިކަލުން މުޙައްމަދު ނަދީމުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާތައް އަނބުރާ ގެނައުމުން، ކުރިގެ ފޮރިން މިނިސްޓަރ ޑރ. އަޙުމަދު ޝަހީދޔ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރެއްވުމަށްފަހުއެވެ. 

ޑރ. ޝަހީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް މައުމޫން އާއި ފާރިސް މައުމޫން އަދި މުޙައްމަދު ނަދީމު ގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދެވުމަކީ ލިބިލެއްވި އުފާވެރި ޚަބަރެއް ކަަމަށާއި ނަމަވެސް އެކަން "ކުރުވި ފަރާތާއިމެދު" އެމައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. 

އެވާހަކަތަކަށް ތާއީދުކުރައްވާ ރައީސް މައުމޫން ވިދާޅުވީ (ޑރ. ޝަހީދުގެ ވާހަކައަށް) ފުރިހަމައަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާއި (އެކަން ކުރުވީ) ކާކުކަން އެންމެންނަށް ވެސް އެނގިލައްވާ ކަމަށެވެ.  

ރައީސް މައުމޫން އާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުޙައްމަދު ނަދީމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ، ގިނަ ދުވަސްތަކެއް ވަންދެން އެބޭފުޅުން ޖަލުގައި ބަންދު ކޮށްފައި ބޭތިއްބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައެވެ. 

މިއަދު އޮންލައިން