ބޭނުންވާނެ ތަކެތި:
▪︎ 1 ދަޅު ގެރިކިރު (ކޮންޑެންސްޑް މިލްކް)
▪︎ 4 ބިސް
▪︎ 1 ޖޯޑު ފުށް
▪︎ 2 ސައިސަމުސާ ބޭކިން ޕައުޑަރ
▪︎ 1/4 ޖޯޑު ބަޓަރ
▪︎ މުގުރާފަ ހުރި ހަކުރު (ޕައުޑަރޑް ޝުގަރ- މައްޗަށް ބުރުވާލުމަށް)
▪︎ ކުޑަ ތެޔޮ ފޮދެއް
ތައްޔާރު ކުރާނެ ގޮތް:
▪︎ އެންމެ ފުރަތަމަ އަވަން 350 ޑިގްރީސަށް ހޫނު ކުރަން ޖައްސާށެވެ.
▪︎ ކޭކު ފިހަންލާ ޓްރޭގައި ކުޑަ ތެޔޮފޮދެއް ހާކާލާށެވެ.
▪︎ ގެރިކިރު، ބިސް، ފުށް، ބޭކިން ޕައުޑަރ އަދި ބަޓަރ ބޯތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
▪︎ ކޭކް ފިހަންލާން ނަގާފައިހުރި ޓްރޭ ތެރެއަށް، ކޭކް މިކްސްކޮޅު އަޅާލާށެވެ.
▪︎ އެއަށްފަހު ކޭކު ފިހަން އަވަނަށް ލުމަށްފަހު 20 މިނެޓަށް ޖައްސާށެވެ.
▪︎ ކޭކު ރަނގަޅަށް ފިހެވުމުން އަވަނުން ނަގާފައި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫ ވުމުން ޓްރޭއިން ނަގަން ބޭނުންނަމަ ނަގާފައި، ކޭކުގެ މައްޗަށް މުގުރާފައި ހުރި ހަކުރުކޮޅު ބުރުވާލާށެވެ.