
▪︎ 250ގ. ފުށް
▪︎ 1 މޭޒުމަތީ ސަމުސާ ބަޓަރ
▪︎ 1 ސައިސަމުސާ ހިކިކިރު
▪︎ 1 ސައިސަމުސާ ހަކުރު
▪︎ 2 ސައިސަމުސާ ޔީސްޓް
▪︎ 2 ފިޔާ ހިމުންކޮށް ކޮށާފަ
▪︎ 1 ޖޯޑު ޕީލްޑް ޓޮމާޓޯ
▪︎ 1/3 ސައިސަމުސާ ޕީލްޑް މުގުރި އަސޭމިރުސް
▪︎ 1/2 ސައިސަމުސާ އަޖިނަމޮޓޯ
▪︎ 1 ދަޅު މަސް
▪︎ 1 ޖޯޑު ޗީޒް (ގާނާފަ)
▪︎ ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުށާއި، ޔީސްޓް، ބަޓަރ، ކިރު، ހަކުރު އެއްކޮށްފައި ތާފެނާއި ފެނުން ފުށްގަނޑެއް މޮޑެލާނީއެވެ.
ފުށްގަނޑު މޮޑެވުމުން، މަތި ބަންދު ކޮށްފައި ބާއްވާށެވެ.
ދެން ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާ، ތެޔޮފޮދު ހޫނުވުމުން ފިޔާކޮޅު އަޅާ މީރުކޮށްލާށެވެ. އަދި އެއަށްފަހު މަސް، ޕީލްޑް ޓޮމާޓޯ، އަޖިނަމޮޓޯ، ލޮނު، އަސޭމިރުން، އެއްކޮށް އަޅާފައި އެތަކެތި ރޯފިލުމުން އުނދުންމަތިން ބާލާށެވެ.
އެއަށްފަހު ފުށްގަނޑު ހަތަރު ބައިކޮށްލުމަށްފަހު ފުށްގުޅައެއް ދަމާފައި އޭގެ މަތީގައި މަސްގަނޑު ފަތުރާލާށެވެ.
ދެން މަސްގަނޑުގެ މައްޗަށް ޗީޒް އެޅުމަށްފަހު އޮޅާލާށެވެ.
އެއަށްފަހު 1/2 އިންޗި ހުންނަ ވަރަށް ކަފާލާށެވެ.
ދެން ޓްރޭގައި ބަޓަރުކޮޅެއް ހާކާލާފައި ޕިއްޒާ ރޯލްސްތައް އަތުރާލުމަށްފަހު އަވަނުން ފިހެލާށެވެ.