މިއަދުގެ ރެސިޕީ: މުރަނގަލުވި

ކިޔުމަށް ހޭދަވާނީ 1މ 29ސ
މިއަދުގެ ރެސިޕީ: މުރަނގަލުވި

ބޭނުންވާ ތެކެތި:

▪︎ 2 ޖޯޑު މުރަނގަ ފަތް

▪︎ 8 އަލުވި (މެދު ސައިޒުގެ)

▪︎ 1 ފިޔާ

▪︎ 3 ކަރި ލޮނުމެދު

▪︎ 2 ސައިސަމުސާ ގޭނި އިނގުރު

▪︎ 2 ސައިސަމުސާ މުގުރި ކޮތަނބިރި

▪︎ 1/2 ސައިސަމުސާ ރީނދޫ

▪︎ 1/2 ސައިސަމުސާ މުގުރި މިރުސް ނުވަތަ ކޮށާފައި ހުރި ▪︎ ހިކިމިރުސް

▪︎ 3 މޭޒުމަތީ ސަމުސާ ކައްކާތެޔޮ

▪︎1 ނުވަތަ 1/2 މޭޒުމަތީ ސަމުސާ މުގުރި ހިކިމަސް

▪︎ ލޮނުކޮޅެއް 

▪︎ މުގުރި އަސޭމިރުސްކޮޅެއް

▪︎ ކޮތަނބިރި ފަތްކޮޅެއް (ނިންމާފައި މަތީގައި އަތުރާލަން)

 

ތައްޔާރުކުރާނެ ގޮތް:

▪︎ އަލުވިތައް ރީތިކޮށް ދޮވެލުމަށްފަހު ހަފާލަން ހެޔޮވަރު ސައިޒަށް ކޮށާލާށެވެ. 

▪︎ އެއަށްފަހު ފިޔަޔާއި ލޮނުމެދުތައް ކޮށާލާ، މެދުގިނީގައި ބަހައްޓައިގެން ތަވަޔަށް ތެޔޮފޮދެއް އަޅާށެވެ. އަދި އޭގެ ތެރެއަށް ފިޔާތައް އެޅުމަށްފަހު 15 މިނެޓުވަންދެން ފިޔާކޮޅު މީރުކޮށްލާށެވެ. 

▪︎ އެއަށްފަހު އޭގެ ތެރެއަށް ލޮނުމެދާއި އިނގުރު އަޅައިގެން ދެތިން މިނެޓު ވަންދެން ކައްކާށެވެ. 

▪︎ ދެން އޭގެ ތެރެއަށް އަލުތްވާއި ހިކިމަސް އެޅުމަށްފަހު ކުޑަކޮށް ހަލުވާލާފައި ތަވާގެ މަތިޖަހާށެވެ. އަދި އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާށެވެ. 

▪︎ އަލުވިތައް ރީތިކޮށް ފިހެވެންދެން އެގޮތަށް ބަހައްޓާށެވެ. ▪︎ 15 މިނެޓު ވުމުން މަތި ނަގާފައި އޭގެ ތެރެއަށް މުރަނގަފަތާއި ރީނދުލާއި ކޮތަނބިރިއާއި މުގުރި މިރުސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

▪︎ ދެތިން މިނެޓު ވަންދެން މަތި ޖަހާފައި ބަހެއްޓުމަށްފަހު މަތި ނަގާފައި ރަހަލާވަރަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. 

▪︎ އެއަށްފަހު އޭގެ މައްޗަށް ކޮތަނބިިރިފަތްކޮޅު ވިއްސާލާށެވެ. ▪︎ މުރަނގަލުވި ތައްޔާރުވީއެވެ.

 

މަސްދަރު: މުޙައްމަދު ނާޖިހު ލިޔެފައިވާ ރެސިޕީއަކުން މައުލޫމާތު ނަގައިގެން.

މިއަދު އޮންލައިން