މިއަދުގެ ރެސިޕީ: ޗީޒް ކޭކް

ކިޔުމަށް ހޭދަވާނީ 50ސ
މިއަދުގެ ރެސިޕީ: ޗީޒް ކޭކް

ބޭނުންވާ ތަކެތި:

▪︎ 90 ގ. ބަޓަރ

▪︎ 3/4 ކެސްޓަރ ޝުގާރ (ހަކުރު)

▪︎ 1 ލުނބޯތޮށި (ގާނާފަ)

▪︎ 300ގ. ކޯޓެޑް ޗީޒް

▪︎ 2 މޭޒުމަތީ ސަމުސާ ސެމޯލީނާ

▪︎ 1/2 ޖޯޑު އާމަންޑްސް

▪︎ 1/3 ހިކިމޭބިސްކަދުރު 

▪︎ 2 ބިސް

▪︎ އައިސިންގ ޝުގާރ

 

ތައްޔާރުކުރާނެ ގޮތް:

▪︎ ބަޓަރ ރަނގަޅަށް އޮމާންވަންދެން ގިރާފައި، ހަކުރާއި ލުނބޯތޮށި ވެސް ބަޓަރާއި ރަނގަޅަށް އެއްކޮށްލާށެވެ.

▪︎ ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކޮށްލާށެވެ.

▪︎ ދެން ބާކީ ހުރި ތަކެއްޗާއި ގިރާފައިހުރި ތަކެތި އެއްކޮށްލުމުން ޗީޒްކޭކުގެ ފުށްގަނޑު ތައްޔާރު ކުރެވުނީއެވެ. 

▪︎ އެއަށްފަހު ޓްރޭގައި ބަޓަރ ހޭކުމަށްފަހު ޓްރޭ ތެރެއަށް ފުށްގަނޑު އަޅާފައި އަވަނުން ފިހެލާށެވެ. 

▪︎ ކޭކު ހިހޫވީމަ އައިސިންގ ޝުގާރ ކޮޅެއް ފުރާނާލާފައި، ކޭކުގެ މައްޗަށް ބުރުވާލާނީއެވެ.

މިއަދު އޮންލައިން