މިއަދުގެ ރެސިޕީ: ކަޓްލަސް ބޯކިބާ

ކިޔުމަށް ހޭދަވާނީ 52ސ
މިއަދުގެ ރެސިޕީ: ކަޓްލަސް ބޯކިބާ

ބޭނުންވާނެ ތަކެތި:

▪︎ 6 އަލުވި (ކައްކާފަ)

▪︎ 1 ގިތެޔޮމިރުސް

▪︎ 1 ބޮޑުފިޔާ (ކުދިކޮށް ކޮށާފަ)

▪︎ 1 ދަޅުމަސް

▪︎ ހިކަނދިފަތް (ކުދިކޮށް ކޮށާފަ)

▪︎ ފާރޮށި ކުނޑި

▪︎ ލޮނު

▪︎ އަސޭމިރުސް

▪︎ 5 ބިސް

▪︎ ތެޔޮ

 

ތައްޔާރު ކުރާނެ ގޮތް:

▪︎ ތަވާ އުނދުން މައްޗަށް އުދާފަ ތެޔޮކޮޅެއް އަޅާ، ތެޔޮގަނޑު ހޫނުވުމުން ފިޔާ، ހިކަނދިފަތް، ލޮނުމެދު އަދި މިރުސް އަޅާފަ ފިޔާ މީރު ކޮށްލާށެވެ.

▪︎ ފިޔާކޮޅު ރަނގަޅަށް މީރުވުމުން (މޯޅި ވުމުން) ތަވާމަތިން ނަގާފަ ހިހޫ ކޮށްލަން ބަހައްޓާށެވެ.

▪︎ ދެން އަލުވި، މަސް، ލޮނު އަދި އަސޭމިރުސް އޭގެތެރެއަށް އަޅާފައި ރަނގަޅަށް މޮޑެލާށެވެ. އަދި އޭގެ ތެރެއަށް ބިސްވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

▪︎ އެއަށްފަހު ޓްރޭގައި ތެޔޮފޮދެއް ހޭކުމަށްފަހު ތައްޔާރުކުރި މަސްގަނޑު ޓްރޭ ތެރެއަށް އަޅާލާށެވެ.

▪︎ ދެން މައްޗަށް ފާރޮށިކުނޑި ބުރުވާލުމަށްފަހު އަވަނުން ފިހެލާށެވެ.

މިއަދު އޮންލައިން