ބީޓްރޫޓް ބަތް ބޭނުންވާތަކެތި:
▪︎ 2 ޖޯޑު ބަތް
▪︎ 1/2 ބީޓްރޫޓް ތުނިކޮށް ކޮށާފައި
▪︎ 1/2 ކެރެޓް ތުނިކޮށް ކޮށާފައި
▪︎ 50ގ ކެބެޖް ކޮށާފައި
▪︎ 1 ފިޔާ ކޮށާފައި
▪︎ 3 ލޮނުމެދު ކޮށާފައި
▪︎ 25ގ ލީކްސް އަދި ކެމްޕްސިކަމް ކޮށާފައި
▪︎ ހިކަދިފަތް
▪︎ ވަޅޯމަސް ތުނިކޮށް ކޮށާފައި
▪︎ ގިތެޔޮމިރުސް ކުދިކޮށް ކޮށާފައި
▪︎ ލޮނު
ތައްޔާރު ކުރާނެގޮތް:
ތެއްޔަކަށް ތެޔޮފޮދެއް އަޅާ ހޫނުވުމުން އޭގެތެރެއަން ފިޔާކޮޅުއަޅާ ރަތްކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން ހިކަދިފަތް އަދި ލޮނުމެދު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކެބެޖް، ލީކްސް، އަދި ކެޕްސިކަމްއަޅާ އެއްކޮށްލުމަށްފަހު ވަޅޯވާން ފެށުމުން ބީޓްރޫޓް އަދި މަސްއަޅާ އެއްކޮށްލާށެވެ. ލޮނު އަދި މިރުސްއަޅާ ލޮނު ހެޔޮވަރުކުރުމަށްފަހު ބަތްކޮޅު އަޅާ އެއްކޮށްލުމުން ބީޓްރޫޓް ބަތް ތައްޔާރުވީ އެވެ.
މަސްދަރު: ކާނާ