މިއަދުގެ ރެސިޕީ: ކުކުޅު ރޯލްސް

ކިޔުމަށް ހޭދަވާނީ 1މ 33ސ
މިއަދުގެ ރެސިޕީ: ކުކުޅު ރޯލްސް

ބޭނުންވާ ތަކެތި:

- މަސްގަނޑު ތައްޔާރު ކުރުމަށް:

▪︎ 600ގ. މިންސްޑް (މުގުރި) ކުކުޅު

▪︎ 2 މޭޒުމަތީ ސަމުސާ ޕާސްލީ

▪︎ 1 ބިސް (ގިރާފަ)

▪︎ 1/2 ޖޯޑު ފާރޮށި ކުނޑި

▪︎ 1/3 ޖޯޑު ފެހި އޮށް (ފްރޯޒަން)

▪︎ 1/3 ޖޯޑު ޒުވާރިއޮށް (ފްރޯޒަން)

▪︎ 1/3 ޖޯޑު ކެޕްސިކަމް (ކޮަށާފަ) 

▪︎ 1/3 ޖޯޑު ޓޮމާޓޯ ސޯސް

▪︎ ލޮނާއި އަސޭމިރުސް

▪︎ 1 ބިސް (ރޯލްސްގައި އުނގުޅުމަށް)

 

- ފުށްގަނޑު ތައްޔާރު ކުރުމަށް:

▪︎ 2 ޖޯޑު ފުށް 

▪︎ 1 ބިސް

▪︎ 1 ސަމުސާ ބަޓަރ

 

ތައްޔާރު ކުރާނެ ގޮތް:

ފުށްކޮޅު ތެރެއަށް ބިހާއި ބަޓަރުކޮޅު އަޅާފަ ތާފަނާ ފެން އަޅައިގެން ފުށްގަނޑު މޮޑެލާށެވެ. 

އެއަށްފަހު އަވަން 200 ޑިގްރީސް އަށް ޖެއްސުމަށްފަހު ހޫނު ކުރަން ބަހައްޓާށެވެ. 

ދެން މަސްގަނޑު ހެދުމަށްޓަކައި ކުކުޅު ކޮޅާއި، ޕާސްލީ ކޮޅާއި، ބިސް، ފާރޮށިކުނޑި، ތަރުކާރީ، ޓޯމާޓޯ ސޯސް، ލޮނު އަދި އަސޭމިރުސް އަޅާފައި އެއްކޮށްލާށެވެ. 

އެއަށްފަހު މޮޑުނު ފުށްގަނޑު 3 ގޮޅައަށް ޖަހާ، ތުނިކޮށް ބޮޑު ތިން ރޮށި ދަމާލާށެވެ. އަދި ކޮންމެ ރޮށްޓެއް ދެފަޅިއަށް ކަފާލާށެވެ. 

ހެދި މަސްގަނޑު 6 ބަޔަށް ބަހާލާފަ ކޮންމެ ރޮށިފަޅިއެއްގައި ހިމަ ދިގުކޮށް އަތުރާލާށެވެ. ރޮށި ތަތްކޮށްލުމަށް މަސްގަނޑު އެތުރި ކައިރިނޫން އަނެއް ކައިރީގައި ގިރާފަ ހުރި ކުކުޅު ބިސް ކޮޅެއް ހޭކުމަށްފަހު މަސްގަނޑާއެކު ރޮށި އޮޅާލާފަ ބިސް ހޭކި ކައިރީގަ ތަތް ކޮށްލާށެވެ. 

މަސްނުލެވި ހުރިބައި ކަފާލާފަ ކޮންމެ ރޯލްސް އެއް 3 ބަޔަށް ބައި ކޮށްލާށެވެ. 

ދެން ގަލޭޒް ކުރުމަށް ކޮންމެ ރޯލްސެއްގެ މަތީގައި ބިސްކޮޅެއް އުނގުޅުމަށް 15-20 ވަންދެން ފިހެެން އަވަނަށް ލާާށެވެ.

މިއަދު އޮންލައިން