މިއަދުގެ ރެސިޕީ: ކަދުރު ޕުޑިން ކޭކު

ކިޔުމަށް ހޭދަވާނީ 1މ 12ސ
މިއަދުގެ ރެސިޕީ: ކަދުރު ޕުޑިން ކޭކު

ބޭނުންވާނެ ތަކެތި:

▪︎ 400ގ. ކަދުރު (އޮށް ނަގާފަ)

▪︎ 250ގ. އަންސޯލްޓެޑް ބަޓަރ 

▪︎ 250ގ. ހަކުރު

▪︎ 7 ބިސް

▪︎ 250ގ. ގޮދަން ފުށް

▪︎ 2 ސައިސަމުސާ ބޭކިން ޕައުޑަރ

▪︎ 2 ސައިސަމުސާ ޞެކިން ސޮޑާ

▪︎ 1 އޮރެންޖުގެ ތޮށި (ހިމުންކޮށް ގާނާފަ)

▪︎ 2 ސައިސަމުސާ ވެނީލާ އެސެންސް

 

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކަދުރުކޮޅު ތާފަނާ ފެންފޮދަކަށް އެޅުމަށްފަހު މަތިބަންދު ކޮށްފައި ހަތަރު ގަޑިއިރު ވަންދެން ބަހައްޓާށެވެ.

ދެން ބަޓަރާއި، ހަކުރު އަދި ހިމުންކޮށް ގާނާފަހުރި އޮރެންޖު ތޮށި މިކްސްޗަރުން ރަނގަޅަށް ކްރީމް ވަންދެން ގަށާލާށެވެ.

ދެން ފަހަރަކު ބިހެއްގެ މަގުން ބިސް އަޅަމުން ގޮސް ހުރިހާ ބިހެއް އެއްކޮށް އޭގެ ތެރެއަށް އަޅާލާށެވެ. 

އެއަށްފަހު ފެނަށް އަޅާފަހުރި ކަދުރުކޮޅުން ފެންތައް އޮއްސާލުމަށްފަހު ވެނީލާ އެސެންސު ކޮޅަކާއި އެއްކޮށްފައި އަތުން ކަދުރުކޮޅު ޗިސްކޮށްލާށެވެ.

އެއަށްފަހު އެއްކުރި ބިސްއެތީގެ ތެރެއަށް ގޮދަންފުށާއި ބޭކިން ސޮޑާ އާއި ބޭކިން ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް ފުށްގަނޑު އެއްކޮށްލާށެވެ. 

ދެން ޗިސްކޮށްފައި ހުރި ކަދުރުކޮޅު އޭގެތެރެއަށް އެއްކޮށްލާށެވެ. 

ކޭކު ފިހަން ތައްޔާރު ކޮށްފަހުރި ޓްރޭއަށް އެޅުމަށްފަހު ރޯފިލަންދެން 175 ޑިގްރީޒް އަށް ފިހެލާށެވެ.

މިއަދު އޮންލައިން