ބޭނުންވާނެ ތަކެތި:
▪︎ 1 ޕެކެޓު ސްޕެގަޓީ
▪︎ 1 މޭޒުމަތީ ސަމުސާ ފުށް
▪︎ 1 ޖޯޑު ކިރު
▪︎ 5 މޭޒުމަތީ ސަމުސާ ޗީޒް (ގާނާފައި)
▪︎ 1 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް
▪︎ 1 މޭޒުމަތީ ސަމުސާ އަސޭމިރުން
▪︎ 250 ގްރާމް ކުކުޅު
▪︎ 3 ބިސް
▪︎ 1 މޭޒުމަތީ ސަމުސާ ޕާސްލޭ ފަތް
▪︎ 1 މޭޒުމަތީ ސަމުސާ ތައިމް
▪︎ 1 ފިޔާ (ކުދިކޮށް ކޮށާފައި)
▪︎ މޭޒުމަތި ސަމުސާ ބަޓަރު
▪︎ ތެޔޮ ފޮދެއް
▪︎ ލޮނު ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ފެންގަނޑުގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު ސްޕެގަޓީކޮޅު ފެނު ކައްކާށެވެ.
ސްޕެގަޓީކޮޅު ރަނގަޅަށް މަޑުވުމުން ފެން ފޮދު އުކައިލުމަށް ފަހު ބަހައްޓާށެވެ.
ދެން ބޯތަށްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށް ފަހު ބަހައްޓާށެވެ.
ކުކުޅުކޮޅު ކުދިކޮށް ކޮށާލުމަށް ފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ތެލުލާށެވެ.
ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރ އަޅައި ފިޔާ ރަތްކުރާށެވެ.
ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު ރަތްކުރި ފިޔާގަނޑުގެ ތެރެއަށް އަޅާށެވެ. އަދި ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ގިރަމުން ގެންދާށެވެ.
ދެން އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ޕާސްލޭ، ތައިމް، ދެ ސަމުސާ ޗީޒް، ބިސް (ގިރާފައި) އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 10 ވަރަކަށް މިނެޓު ކައްކައިލާށެވެ.
ވައިޓް ސޯސް އުނދުން މަތިން ބޭލުމަށް ފަހު ސްޕެގަޓީކޮަޅުގެ މައްޗަށް އަޅާލާށެވެ. އަދި އޭގެ މައްޗަށް، ތެލުލި ކުކުޅު ވެސް އަޅާށެވެ.
ދެން އޭގެ މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އެ ހިސާބުން ނިމުނީ އެވެ.