ބޭނުންވާނެ ތަކެތި:
▪︎ 3 ޖޯޑު ރާނބާފަތް (ކުދިކޮށް ކޮށާފަ)
▪︎ 1/2 ޖޯޑު ކާށި ކިރު
▪︎ 1 ޖޯޑު ފުށް
▪︎ 2 ބިސް
▪︎ 2 1/2 ސަމްސާ ބޭކިން ޕައުޑަރ
▪︎ 1/2 ޖޯޑު ހަކުރު
▪︎ ފެން ފޮދެއް
▪︎ 1/2 ޖޯޑު ތެޔޮ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ 180 ޑިގްރީސް އަށް އަވަން ހޫނު ކުރަން ޖައްސާށެވެ.
އެއަށްފަހު ރާނބާފަތް ކޮޅާއި، ކާށި ކިރުފޮދާއި، ފެން މިސްޗަރަކަށް އަޅާ ގިރާލުމަށްފަހު ފުރާނާށެވެ.
ދެން އެއަށްފަހު ބިހާއި ހަކުރާއި ތެޔޮ ރަނގަޅަށް ގިރާ އެއްކޮށްލާށެވެ.
ދެން އެހެން ތަށްޓެއްގައި ފުށާއި ބޭކިން ޕައުޑަރ އެއްކުރުމަށްފަހު އޭގެ ތެރެއަށް (އެތިކޮޅުކޮޅުން) ކުރިން ގިރި ބިހާއި ހަކުރާއި ތެޔޮފޮދު އަޅާށެވެ.
އެއަށްފަހު އޭގެ ތެރެއަށް ކުރިން ގިރި ރާނބާފަތްކޮޅާއި ކާށިކިރުފޮދު ވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ކޭކު ފިހާ ޓްރޭގައި ތެޔޮފޮދެއް ހޭކުމަށްފަހު އެއްކުރި ކޭކް މިކްސްކޮޅު އެޅުމަށްފަހު ރީތިކޮށް ފަތުރާލާށެވެ. އަދި އެއަށްފަހު 25 މިނެޓަށް އަވަން ތެރެއަށް ފިހަންލާށެވެ.