މިއަދުގެ ރެސިޕީ: ބަޓަރ ޗިކަން

ކިޔުމަށް ހޭދަވާނީ 1މ 55ސ
މިއަދުގެ ރެސިޕީ: ބަޓަރ ޗިކަން

ބޭނުންވާނެ ތަކެތި:

▪︎500 ގްރާމް ބޯންލަސް ޗިކަން

▪︎ ½  ޖޯޑު ޕްލެއިން ޔޯގަޓް

▪︎ ¾  ޖޯޑު ކާށި ކިރު

▪︎ 2  މޭޒުމަތީ ސަމުސާ ބަޓަރު

▪︎ 1 ފިޔާ

▪︎ 4 ލޮނުމެދު

▪︎ 7  ކާފުރުތޮޅި

▪︎ 1  ސައިސަމުސާ ގަރަމް މަސާލާ

▪︎ 2  ސައިސަމުސާ ކޮތަންބިރި

▪︎ 2 ސައިސަމުސާ ދިރި

▪︎ 1 ސައިސަމުސާ ތެޅިމިރުސް  (ނޫނީ ބޭނުން ވަރަކަށް)

▪︎ 2 ސައިސަމުސާ ތަންދޫރީ މަސާލާ

▪︎ ½  ޖޯޑު ޓޮމާޓޯ ޕިޔުރީ

▪︎ 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

▪︎ 2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

▪︎ 2 މޭޒުމަތީ ސަމުސާ ތެޔޮ

▪︎ 1 މޭޒުމަތީ ސަމުސާ ހަކުރު

 

ތައްޔާރު ކުރާން ގޮތް:

▪︎ އެންމެ ފުރަތަމަ ކުކުޅުކޮޅު ކޮށާށެވެ. ކޮށާނީ ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށެވެ.

▪︎ ބޮޑު ބޯތައްޓެއްގައި ލޮނާއި ދިރިއާއި ކޮތަންބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަރޓް އެއްކުރާށެވެ.

▪︎ ދެން އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ. މިގޮތަށް ގިނައިރު ބަހައްޓަން ބޭނުންވާނަމަ ފްރިޖްގައި ބަހައްޓާށެވެ.

▪︎ ފިޔާ ތުނިކޮށް ކޮށާށެވެ. އަދި ލޮނުމެދުތައް ޗަސްކޮށްލާ ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ.

▪︎ ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ.

▪︎ ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔަޔާއި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން މީރު ކުރާށެވެ.

▪︎ ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު 30 އަކަށް ސިކުންތު ބަހައްޓާލާށެވެ.

▪︎ ދެން ތަންދޫރީ ހަވާދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

9.  ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

▪︎ ދެން ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.

▪︎ ތެލީގައި މަތިޖަހައި ގިނި މަޑު ކުރުމަށްފަހު 20-30 މިނެޓުވަންދެން އުނދުން މަތީގައި ބަހައްޓާށެވެ.

▪︎ އުނދުން ނިވާލުމުގެ ކުރިން ލޮނު ހެޔޮވަރުކޮށް، ބޭނުންވަރަށް ކުޅި ރަހަ ލާތޯ ޗެކްކުރާށެވެ .ޓޮމާޓޯ ޕިޔުރީއާއި ހެދި މާބޮޑަށް ރިހަގަނޑުގައި ހުތްރަހަ ލާހެން ހީވެއްޖެނަމަ ހަކުރުކޮޅެއް އަޅާލާށެވެ.

މިއަދު އޮންލައިން