މިއަދުގެ ރެސިޕީ: ޕިއްޒާ ސޭންޑްވިޗް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިއަދުގެ ރެސިޕީ: ޕިއްޒާ ސޭންޑްވިޗް

ބޭނުންވާނެ ތަކެތި:

▪︎ 2 ޕިއްޒާ ފުށްގަނޑު

▪︎ 2 ޖޯޑު ކުކުޅު މަސް (ވަރަށް ކުދިކޮށް ކޮށާފަ)

▪︎ 1 ބޮޑު ފިޔާ (ކޮށާފަ)

▪︎ 4 ކެޕްސިކަމް (ކަރު ނަގާ ކޮށާފަ)

▪︎ 1 މޭޒުމަތީ ސަމުސާ ރޯމިރުސް ކުދިކޮށް ކޮށާފަ

▪︎ 2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

▪︎ 1/2 ޖޯޑު މަޝްރޫމް (ކޮށާފަ)

▪︎ 1 ޖޯޑު ޕިއްޒާ ސޯސް

▪︎ 400ގ. މޮޒަރެއްލާ ޗީޒް

▪︎ 2 ބިސް

▪︎ ތެޔޮފޮދެއް

 

ތައްޔާރުކުރާނެ ގޮތް: 

ޕިއްޒާ މަސްގަނޑު ތައްޔާރު ކުރުމަށް ތަވާއަކަށް ތެޔޮއަޅާ، ފިޔާ، މިރުސް އަދި ކެޕްސިކަމް އަޅާ މީރު ކުރަން ފަށާފައެވެ.

އެއަށްފަހު ކުކުޅުމަސްކޮޅު އަޅާ، މަސްކޮޅު ރޯފިލުމުން ޗިލީސޯސް އާއި ރަހަމީރު ވާވަރުގެ ލޮނުކޮޅެއް އަޅާ ރަނގަޅަށް ކައްކާލާށެވެ.

ދެން ޕިއްޒާ ފުށްގަނޑުގެ މައްޗަށް ޕިއްޒާ ސޯސް އަޅާ، އޭގެ މައްޗަށް ތައްޔާރުކުރި މަސްގަނޑު އަޅާލާށެވެ. 

މަސްގަނޑުގެ މައްޗަށް މަޝްރޫމް އާއި ޗީޒް އެޅުމަށްފަހު އޭގެ މައްޗަށް ބިސް އަޅާށެވެ.

ދެން އަނެއް ޕިއްޒާ ފުށްގަނޑު އޭގެ މަތީގައި ރަނގަޅަށް ތަތްކުރުމަށްފަހު އަވަނުން ފިހެލާށެވެ. 

ފިހެނިނުމުން ސޭންޑްވިޗް ބައްޓަމަށް ކަފާލާށެވެ.

މިއަދު އޮންލައިން