ބޭނުންވާނެ ތަކެތި:
▪︎ ބޮޑު 2 ޕެކެޓު އޯރިއޯ ބިސްކޯދު (ކްރީމްބައި ނަގާފަ- ނަމަވެސް މިބައިވެސް ބޭނުންވާނެ)
▪︎ 1 ޖޯޑު ކިރު
▪︎ 1 ބިސް
▪︎ 1 ސައިސަމުސާ ބޭކިން ޕައުޑަރ
▪︎ 1 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ
▪︎ 1 މޭޒުމަތީ ސަމުސާ ގެރިކިރު
ތައްޔާރު ކުރާނެ ގޮތް:
ޕެންކޭކު ބައި:
އަޮރިއޯ ބިސްކޯދުތަކާއި، ކިރު އަދި ބިހާއި ބޭކިން ޕައުޑަރ މިކްސަރަކަށް އެޅުމަށްފަހު ރަނގަޅަށް މުގުރާލާށެވެ. ފުށްގަނޑެއްހެން އެއްކޮށް ރަނގަޅަށް ގިރާލަންވާނެއެވެ.
އެއަށްފަހު ތަވާ އުނދުން މައްޗަށްލާ މަޑު ގިނީގައި ހޫނު ކޮށްލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާ ފޮޅި ފިހާ ގޮތަށް ފަހަރަކު އެތިކޮޅެއް ފުށްގަނޑުން ފިހަމުންގޮސް ފިހެލާށެވެ. މުށިކުލަ އަރަންދެން ދެ ފުށްވެސް ފިހެލަން ވާނެއެވެ.
ކްރީމްބައި:
ތައްޓަކަށް ބަޓަރ އާއި ބިސްކޯދުގެ ކްރީމް ބައި އަދި ގެރިކިރު އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއިރުން ކްރީމް ބައި ތައްޔާރުވީއެވެ.
ދެން ތައްޔާރުކުރި ކްރީމް ބައި ފިހެފައިވާ ފޮޅިއެއްގެ އެއްފަރާތުގައި ހާކާލާށެވެ. އެއަށްފަހު އޭގެ މަތީގައި އެހެން ފޮޅިއެއް ބާއްވާލާށެވެ. ހުރިހާ ފޮޅި އެއްވެސް މިގޮތަށް ތައްޔާރު ކޮށްލާށެވެ. އޭގެފަހުގައި މެދުން ކަފާލާށެވެ.