ބޭނުންވާނެ ތަކެތި:
▪︎ 250ގ. މާރީ ބިސްކޯދު (މުގުރާފަ)
▪︎ 275ގ. ބަޓަރ
▪︎ 1 ދަޅު ގެރިކިރު
▪︎ 175ގ. ކެސްޓަރ ޝުގަރ ނުވަތަ އާދައިގެ ހަކުރު ވެސް ރަނގަޅުވާނެ
▪︎ 2 ޖޯޑު އައިސްކްރީމް
▪︎ 2 ދޮންކެޔޮ
▪︎ 1 ޗޮކްލެޓް (ގާނާފަ)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ބަޓަރ ކޮޅުގެ ދެބައިކުޅައެއްބައި ވިރުވާފަ އޭގެ ތެރެއަށް މާރީ ބިސްކޯދުކޮޅު އަޅާ އެއްކޮށްލާފަ މޮޑެލާށެވެ.
ދެން އެތަކެތި ޓްރޭ އަކަށް އެޅުމަށްފަހު ފިނި ކުރަން ފްރިޖަށް ލާފަ ބަހައްޓާށެވެ.
ދެން ބާކީ ހުރި ބަޓަރުކޮޅާއި ހަކުރު ތަވާޔަކަށް އެޅުމަށްފަހު މަޑު ގިނީގައި ވިރުވާލާށެވެ.
ހަކުރާއި ބަޓަރ ވިރި، ރަނގަޅަށް އެއްވުމުން އޭގެތެރެއަށް ގެރިކިރު އަޅާ ފަސް މިނެޓު ވަންދެން ކައްކާލާށެވެ. އެއިރުން ކެރަމަލްކޮޅު ތައްޔަަރުވީއެވެ.
ދެން ދޮންކެޔޮ ވަށް ފޮއްޗަށްވާގޮތަށް ކޮށުމަށްފަހު ކުރިން ތައްޔާރުކޮށްފައި ހުރި ބިސްކޯދު ޓްރޭގެ މަތީގައި ރީއްޗަށް އަތުރާލާށެވެ.
އެއަށްފަހު ތައްޔާރު ކޮށްފައިހުރި ކެރަމަލްކޮޅު ބިސްކޯދުތަކުގެ މައްޗަށް އަޅާލާށެވެ.
އެއަށްފަހު ކެރަމަލްގަނޑު ހަރުވަންދެން ފްރިޖުގައި އެއް ގަޑިއިރު ވަންދެން ބަހައްޓާ ފިނިކުރާށެވެ.
އެއްކޮށް ހަރުވެ ފިނިވުމުން އޭގެ މައްޗަށް އައިސްކްރީމް އާއި ގާނާފައިހުރި ޗޮކްލެޓްކޮޅު އަޅާލާށެވެ.