ބޭނުންވާނެ ތަކެތި:
▪︎ 1 ދަޅު ގެރިކިރު
▪︎ 2 ދަޅު ނެސްލޭ ކްރީމް
▪︎ 3 މޭޒަމަތީ ސަމުސާ ކޮކޯ ޕައުޑަރ
▪︎ 1 ޗިޕްސްމޯ ބިސްކޯދު ބޮނޑި (ބޮޑު)
ތައްޔާރުކުރާނެ ގޮތް:
ގެރިކިރާއި، ނެސްލޭ ކްރީމް އަދި ކޮކޯ ޕައުޑަރ ތައްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ޗިޕްސްމޯ ބިސްކޯދުތައް ޓްރޭގައި ފަތުރާލުމަށްފަހު އޭގެ މައްޗަށް ތައްޔާރުކުރި ކޮކޯ ކްރީމްކޮޅު އަޅާލާށެވެ.
މިގޮތަށް އަދި އެއް ލޭޔަރ ހެދުމަށްފަހު، 5-6 ގަޑިއިރަށް އައިސްއަލަމާރިއަށްލާ ފިނިކޮށްލާށެވެ.